Ads by Farudhun

ޚަބަރު

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރަނީ ރޭވިގެން، ވަށައިޖެހޭ ހައްލެއް ލިބޭގޮތަށް: ރައީސް މުޢިއްޒު

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރަނީ ރޭވިގެން، ވަށައިޖެހޭ ހައްލެއް ލިބޭގޮތަށް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖޫން 2026، 11:02

26 ޖޫން 2026، 11:02

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ރޭވިގެން، ވަށައިޖެހޭ ހައްލެއް ލިބޭނެ ގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ސިއްޙީ ދުޅަހެޔޮކަމުގެ ވަށާޖެހޭ ސިޔާސަތެއް ތަންފީޒުކުރަން ފެއްޓެވީ ޤައުމުގެ ކޮންމެ ކަމެއްގައިވެސް ދުޅަހެޔޮ މުޖުތަމަޢެއް އޮތުމުގެ މުހިންމުކަން ބޮޑުވުމުން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، ރައްޔިތުން އެކަމުން ދުރުކޮށް، މާނަހުރި ގޮތެއްގައި ޤައުމަށް ފައިދާހުރި ގޮތްތައް ހޯދައިދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ވޭޕް މަނާކުރުމާއި "ޖެނަރޭޝަނަލް ބޭން" އެއް ތައާރަފުކުރީ ދުރު މުސްތަޤުބަލަކަށް ވިސްނައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ ހަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަރަށް ގިނަބަޔަކު ވޭޕް ހުއްޓާލުމުން ވަދެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން، އެކަމަށް ވިސްނާފައި. އެކަމުގެ ނަތީޖާވެސް ރަނގަޅު،

      ރައީސް 

މީގެ އިތުރުން، ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށްފަހު، ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ދިރާސާތަކަށް ބިނާކޮށް، ސްޕެސިފިކް ރޭޓުން 4 ރުފިޔާއަށް ކުޑަކުރަން ނިންމެވި ނިންމެވުމަކީވެސް މި މަޤްޞަދުގައި ނިންމެވި ނިންމެވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ޑިއުޓީއަށް މި ގެނައި ބަދަލުގެ ސަބަބުން، ސިއްޙަތަށް ގެއްލުންވާ ފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކަށް އެ އާދަތަކާ ދުރުވާން ފަސޭހަވެގެންދާނެ ކަމަށެވެ.

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި މަރުހަލާތަކަށް ބަހާލައިގެންކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށްރަށުގެ ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޤައުމީ ޕްރޮގްރާމެއް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ކޮންމެ ރަށެއްގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރު، ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450