Ads by Farudhun

ޚަބަރު

އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤުކުރައްވައިފި

އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

02 ޖުލައި 2026، 03:25

02 ޖުލައި 2026، 03:25

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

މި ޤާނޫނަށް އިސްލާޙު ގެނައުމަށް ނިންމާފައި ވަނީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. 

މި އިސްލާހުގައި ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައެވެ. އެގޮތުން ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީއަކީ، 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ، %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވުމަށް އެހީވެދޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ވެސް ވަނީ އެ އިސްލާޙުގައި ކަނޑައަޅާފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށާއި، ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އެގޮތުން ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ސަލާމަތް ކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭން ތައާރަފް ކުރުމުގެ އިތުރުން ވޭޕް އެތެރެކޮށް، ވިއްކުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

މީގެ އިތުރުން 31 މެއިގައި ސަރުކާރުން އިޢުލާން ކުރައްވާފައިވާ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ޖޫން 27ގައި ރަސްމީކޮށްވަނީ ފަށާފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ހޭލުންތެރި ކުރުމާއި، ސެޒޭޝަންގެ ޚިދުމަތް ފުޅާކުރުމާއި، ޤާނޫނާއި ޤަވާއިދު ތަންފީޒު ކުރުމުގެ ތެރެއިން ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާއި، މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ދުންފަތުގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450