Ads by Farudhun

ޚަބަރު

ގައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ ގާރލް ގައިޑް ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ގައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ ގާރލް ގައިޑް ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ގައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ ގާރލް ގައިޑް ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

02 ޖުލައި 2026، 09:29

02 ޖުލައި 2026، 09:29

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ފާހަގަކުރާ ގާރލް ގައިޑް ދުވަހުގެ ޚާއްޞަ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މިއީ ރާއްޖޭގެ އަންހެން ކުދިން ބާރުވެރިކުރުވުމަށާއި، އެކުދިންގެ ހުނަރުތައް ކުރިއެރުވުމަށް މި ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އަހަމިއްޔަތުކަން ހާމަވެގެންދިޔަ ކަމެކެވެ.

ގައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ ގާރލް ގައިޑް ދުވަހުގެ ހަފްލާގައި ރައީސްގެ ދެކަނބަލުން / ފޮޓޯ: ރައީސް އޮފީސް

ގާރލް ގައިޑް ހަރަކާތަކީ އަންހެން ކުދިން ބާރުވެރިކުރުވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ހިންގޭ އެންމެ ބޮޑު ޖަމްޢިއްޔާއެވެ. ދިވެހިރާއްޖޭގެ ގާރލް ގައިޑުން ދުނިޔޭގެ ގައިޑް އެސޯސިއޭޝަނާ ގުޅިފައިވަނީ 1990 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450