ޚަބަރު
ޤަޠަރުގެ ކުރީގެ އަމީރު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
ޤަޠަރުގެ ކުރީގެ އަމީރު، އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ---
ޤަޠަރުގެ ކުރީގެ އަމީރު، އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޤަޠަރުގެ ކުރީގެ އަމީރު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވިއެވެ. އަދި ނިޔާވި އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީއަކީ ޤަޠަރުގެ ތަރައްޤީއަށާއި ކުރިއެރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ލީޑަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ މިހާރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، އެ ޤައުމުގެ ޝާހީ އާއިލާއަށާއި، ސަރުކާރަށް އަދި ޤަޠަރުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރައްވާފައެވެ.
Deeply saddened by the passing of His Highness Amir Sheikh Hamad bin Khalifa Al -Thani, former Amir of the State of Qatar, whose visionary leadership contributed significantly to the development and progress of the State of Qatar.
— Dr Mohamed Muizzu (@MMuizzu) July 12, 2026
I extend my heartfelt condolences to His…
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ނިޔާވި އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީގެ ފުރާނަފުޅަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ.
ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީއަކީ ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ޤަޠަރުގެ ރައްޔިތުންނާއި އިސްލާމީ އުންމަތަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ.