Ads by Farudhun

ޚަބަރު

މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމަކީ ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް : ސައުސީ އެމްބަސީ

މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމަކީ ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް : ސައުސީ އެމްބަސީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިނިވަންދުވަހުގެ ހަފްލާގައި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 03:41

27 ޖުލައި 2026، 03:41

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ އިޙްތިފާލުތަކުގައި ސައުދީ އަރަބިއްޔާގެ މަތީ ފަންތީގެ ވަފުދަކުން ބައިވެރިވުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ހާމަކޮށްފިއެވެ.

ސައުދީ އެމްބަސީގެ ރަސްމީ އެކްސް  އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދުގެ ފަރާތްޕުޅުން، ރާއްޖޭގެ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެ ޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް، މެންބަރ އޮފް ދަ ކައުންސިލް އޮފް މިނިސްޓާސް އަދި އެޑްވައިޒަރ ފޯ ދަ ކަސްޓޯޑިއަން އޮފް ދަ ޓޫ ހޮލީ މޮސްކްސް، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑރ. މަންސޫރު ބިން މުތައިބް ބިން ޢަބްދުލްޢަޒީޒް އާލް ސައުދު ކަމަށެވެ.

މި ރަސްމިއްޔާތުގައި ޕްރިންސް ޑރ. މަންސޫރުގެ އަރިހުގައި ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު އިއްޒަތްތެރި ޔަޙްޔާ ބިން ޙަސަން އަލްޤަޙްތާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސައުދީ އެމްބަސީން ފާހަގަކުރި ގޮތުގައި، މިނިވަން ދުވަހުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ސައުދީގެ މަތީ ފަންތީގެ ވަފުދަކުން ބައިވެރިވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމާއި، ދެ ޤައުމުގެ ލީޑަރޝިޕުން މި އުޚުއްވަތްތެރި ގުޅުމަށް ބަހައްޓަވާ ޚާއްޞަ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސައުދީ އަރަބިއްޔާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ އާއި އެހެނިހެން ހަރަކާތްތަކުގައި ސައުދީ ވަފުދުން ބައިވެރިވެފައިވަނީ ދިވެހި ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިސްލާމީ އެއްބައިވަންތަކަމާއި އިޙްތިރާމްގެ ރޫޙު އާލާވެގެންދިޔަ ދަތުރުފުޅެއްގެ ގޮތުގައި ސައުދީ އެމްބަސީން ވަނީ ސިފަކޮށްފައެވެ.


                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450