Ads by Farudhun

ޚަބަރު

މިނިވަންކަން ދެމެހެއްޓުމަށް ނަޒާހަތްތެރިކަމާއި އިޚްލާޞްތެރިކަން މުހިންމު: ރައީސް މުޢިއްޒު

މިނިވަންކަން ދެމެހެއްޓުމަށް ނަޒާހަތްތެރިކަމާއި އިޚްލާޞްތެރިކަން މުހިންމު: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 06:02

27 ޖުލައި 2026، 06:02

ދިވެހިރާއްޖޭގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމަށްޓަކައި، ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައި ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމުގެ މަތިވެރި ސިފަތައް އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހެއްގައި ދައުލަތުގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމަކީ ވަރަށް މުނާސަބު ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ކިބައިން ފެނިގެންދިޔަ މަސައްކަތުގެ އަޚްލާޤަކީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެ ބޭފުޅުން ދެއްވި ޚިދުމަތުގެ އަގު ވަޒަންކުރެވުނީ، އެ ބޭފުޅުންގެ ކިބައިގައި ހުރި ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަމާއި، މުރާލިކަމާއި، އިޚްލާޞްތެރިކަމާއި، ކެތްތެރިކަމުގެ އިތުރުން ކަމަށްކަމޭހިތުމުގެ މަތިވެރި ސިފަތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޤައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު އެކަން ހިނގައި ގޮސްފައިވަނީ މި ދެންނެވި ސިފަތައް، އެ ބައެއްގެ ގައިގައި ނެތް ދިވެހީންތަކެއް އަޑީގައި ތިބެގެން އެކަމުގައި ބައިވެރިވުމުގެ ސަބަބުން،

      ރައީސް މުޢިއްޒު 

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވި ކޮންމެ އަބްޠާލެއްގެ ކިބައިންވެސް ފެނިގެން ގޮސްފައިވަނީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމުގެ ސިފަތަކެވެ. އެހެންކަމުން، މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ މީހެއްގެވެސް ޢަޒުމަކަށްވާންވީ މި މަތިވެރި ސިފަތައް އަމިއްލަ ނަފްސާއި ޢަމަލުތަކުގައި އަށަގެންނެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450