Ads by Farudhun

ޚަބަރު

ރައްޔިތުންނަށް އެންމެ މުހިންމު ހުރިހާ މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނިންމާނަން: ރައީސުލްޖުމްހޫރިއްޔާ

ރައްޔިތުންނަށް އެންމެ މުހިންމު ހުރިހާ މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނިންމާނަން: ރައީސުލްޖުމްހޫރިއްޔާ

އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

06 އޯގަސްޓު 2026، 12:09

06 އޯގަސްޓު 2026، 12:09

ރައްޔިތުންނަށް އެންމެ މުހިންމު ހުރިހާ މަޝްރޫއުތަކެއް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ "ޖަގަހަ ޖަލްސާ"ގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އިޤުތިޞާދު ވެއްޓިފައި އޮތް ބޮޑު އަނދަވަޅުން ސަލާމަތްކޮށް، ޤައުމު ކޮޅަށް ޖަހަމުން، އެއާއެކީގައި ތަރައްޤީގެ މަޝްރޫޢުތައް ވެސް ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މި ބަލަނީ އިޤުތިޞާދީ ބޮޑު އަނދަވަޅަކުން ޤައުމު ނަގާ ކޮޅަށް ޖަހަމުން، އެއާއެކީގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމަށް.

ރައީސް ވިދާޅުވިއެވެ.

އުކުޅަހެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިޤުތިޞާދު ރަނގަޅުކުރުމާއެކު، އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު މަތިކޮށް، ޒުވާނުންނާއި އަންހެނުން އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ.

މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ވޭތުވެދިޔަ 2 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢު ނިންމާފައިވާ ކަމަށެވެ. މިއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ މުއްދަތުގައި ނިންމި 285 މަޝްރޫޢާއި، އޭގެ ކުރީ ސަރުކާރުން ނިންމި 321 މަޝްރޫޢާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1635 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުން / ފޮޓޯ: ރައީސް އޮފީސް

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކެއް ފުއްދުމުގައި ފުރިހަމަ ކާމިޔާބީ ހާސިލްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450