Ads by Farudhun

ޚަބަރު

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ސިންގަޕޫރަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސްއާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

09 އޯގަސްޓު 2026، 08:37

09 އޯގަސްޓު 2026، 08:37

ސިންގަޕޫރުގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ގައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަށާއި، ބޮޑުވަޒީރު ލޯރެންސް ވަންގްގެ އިތުރުން ސިންގަޕޫރުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު މަރުހަބާ އާއި ހެޔޮއެދުންތައް ވަނީ ރައްދުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތީ ދެ ފަރާތުގެ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ، އަދި ސަރަހައްދީ ސުލްހަވެރިކަމާއި ކުރިއެރުމަށް ދެ ގައުމުން ގެންގުޅޭ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.



މީގެ އިތުރުން، ސިންގަޕޫރުގެ ރައްޔިތުންނަށް މެދުނުކެނޑި ލިބެމުންދާ ތަރައްގީ އާއި، އެ ގައުމުގެ އެއްބައިވަންތަކަމާއި ފާގަތިކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހެޔޮ ދުޢާ ފޮނުއްވާފައެވެ.

ސިންގަޕޫރުގެ ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެ އާއި ސިންގަޕޫރަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ގާތް ގުޅުމެއް ބާއްވަމުންދާ ދެ ގައުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450