Ads by Farudhun

ޚަބަރު

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވެވި ޒިޔާރާތެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޯގަސްޓު 2026، 03:53

15 އޯގަސްޓު 2026، 03:53

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެ ޤައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންޑިއާގެ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ. އަދި ވޭތުވެދިޔަ އަށް ދަހަަރުގެ މިނިވަންކަމަކީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ އުންމީދުތަކާއި، ސާބިތުކަމާއި، ދޫނުދޭ ރޫޙު ދައްކުވައިދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދޭ އަހަންމިއްޔަތުކަން ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ. މިގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ހިއްސާކުރެވޭ ތަނަވަސްކަމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450