Ads by Farudhun

ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝްއާއި އޮތް ގުޅުމަކީ ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް: ރައީސް

ރާއްޖެއާއި ބަންގްލަދޭޝްއާއި އޮތް ގުޅުމަކީ ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް: ރައީސް

ރައީސް މުޢިއްޒު އަދި ބަންގްލަދޭޝްގެ އައު ޕީއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޯގަސްޓު 2026، 11:26

22 އޯގަސްޓު 2026، 11:26

ރާއްޖެއާއި ބަންގްލަދޭޝްއާއި އޮތް ގުޅުމަކީ ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ ރައީސްކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް މުޢިއްޒު ފޮނުއްވެވި ތަހުނިޔާ ފޮނުއްވައި ފޮނުއްވެވި ސިޓީއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ވާދަވެރިކޮށް ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމަކީ، ބަންގްލަދޭޝްގެ ޑިމޮކްރެސީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، އެއީ އެމަނިކުފާނަށް ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ތާރީޚީ ވަރުގަދަ ގުޅުންތަކެއްގެ މައްޗަށާއި، ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން ވަރުގަދަކުރެވި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރު އައު އުސްމިންތަކަކަށް ވާޞިލުވާނެކަމަށް ޔަޤީންކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ، ރައީސް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރުގެ ދައުރުގައި ބަންގްލަދޭޝްއަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450