Ads by Farudhun

ޚަބަރު

ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ޢަބްދުއްލަޠީފް ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ޢަބްދުއްލަޠީފް ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

އަލްމަރްޙޫމް ޢަބްދުއްލަޠީފް ޙަސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2026، 01:09

27 އޯގަސްޓު 2026، 01:09

ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ވ. ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެލިދެ އަތޮޅު އަތޮޅުވެރިކަމާއި އެ އަތޮޅުގެ އިސް މަޤާމުތަކެއް ފުރުއްވައި، ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ހަރުދަނާ ޝަޚްޞިއްޔަތެއް ކަމުގައިވާ ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށާއި ފެލިދެ އަތޮޅުގެ ރައްޔިތުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.



މީގެއިތުރުން ރައީސް ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450