Ads by Farudhun

ޚަބަރު

އެސްއޯއީތަކަށް ގެންނަ ބަދަލާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭނެ: ރައީސް

އެސްއޯއީތަކަށް ގެންނަ ބަދަލާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

07 ސެޕްޓެމްބަރު 2026، 05:01

07 ސެޕްޓެމްބަރު 2026، 05:01

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެންނަ އިސްލާހީ ބަދަލުތަކާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ނިންމި ނަމަވެސް އެއްވެސް މުވައްޒަފަކު މަގުމަތި ނުވާނެ ކަމަށެވެ.

އެސްއޯއީތައް އެއްކޮށްލާއިރު މުވައްޒަފުންނާއި މުދާ އެއް ކުންފުންޏެއްގެ ތެރެއަށް ދާނީ. މިކަމުގެ ސަބަބުން އެއްވެސް މުވައްޒަފަކު މަގުމައްޗެއް ނުވާނެ.

ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެސްއޯއީތައް އެއްކުރުމަށްފަހު ވެސް އެ ތަނަކަށް ބޭނުން ނުހިފޭނެ މުވައްޒަފުން ތިބިނަމަ، ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެފަދަ މުވައްޒަފުން ވަކިކުރަމުންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ ކުންފުނިތައް އެއްކޮށްލުމަށްފަހު، ފަހުގެ މަރުހަލާއެއްގައި ކުރިއަށްދާނެ ކަމެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމަވާފައިވާކަން ރަސްމީކޮށް ހާމަކުރައްވާފައެވެ.

މި ނިންމެވުންތަކުގެ ތަފްސީލު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފެނަކައަކީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކުންފުންޏެއްކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ސާފުވާން އެބައޮތް ކަމަށެވެ. އަދި އެ ކުންފުނި އިސްލާހުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެއީ ފަންނީ ގޮތުން ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ފަންނީ މާހިރުން ލަފާދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ނިންމެވި ސަބަބު ބަޔާންކުރައްވަމުން ރައީސް ފާހަގަކުރެއްވީ، އެ ދެ ކުންފުނިން ވެސް ކުރަމުންދަނީ އެއް މަސައްކަތްތަކެއް ކަމަށެވެ. ޚާއްސަކޮށް މަގުހެދުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެ ކުންފުނިން ވަކިން ކުރުމަކީ ވަސީލަތްތައް ފުށުއަރައި، ދައުލަތަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބައެއް އެސްއޯއީތައް އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭ ފައިސާ ބޭނުންކުރާނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި ކަންކަމަށް ކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާ އާއި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް އެ ފައިސާ ޚަރަދުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450