Ads by Farudhun

ޚަބަރު

ހައުސިން ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމަށް އަހަރުގެ ފަހުކޮޅު ހުޅުވާލަނީ

ހައުސިން ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމަށް އަހަރުގެ ފަހުކޮޅު ހުޅުވާލަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް. ފޮޓޯ: މޯލްޑިވްސް ނިވްސް ނެޓްވޯކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2026، 06:29

07 ސެޕްޓެމްބަރު 2026، 06:29

އިމާރާތްކުރުމަށް ލޯނު ނެގުމަށްޓަކައި ރާއްޖޭގެ ބޭންކްތަކަށް ދައްކަން ޖެހޭ އިކުއިޓީ، ސަރުކާރުން ހިލޭ ދޫކުރާ ޚާއްސަ ސްކީމަށް މި އަހަރުގެ ފަހުކޮޅު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވަނީ ހަމައެކަނި ސަރުކާރުން އަޅާ އިމާރާތްތަކުން ނޫން ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް މެދުވެރިކޮށް ދޫކުރާ އެފޯޑަބަލް ލޯނު ފަސް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި މިހާރު ވެސް ގިނަ ބަޔަކަށް ދޫކުރަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަހަރު ފަހުކޮޅު އަޅުގަނޑުމެން މި ހުޅުވާލަނީ އިރާދަކުރެއްވިއްޔާ އެއަށް ވުރެ މާ ފުޅާ ސްކީމެއް، އިކުއިޓީ ފައިނޭންސް، ސަރުކާރުގެ މި ފަންޑުގެ ތެރެއިން ފޯރުކޮށްދިނުމުގެ ސްކީމެއް. އިކުއިޓީ ފައިނޭންސް މިދެނީ ކޮންމެ މީހަކަށް ވަކި އަދަދެއް.

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގެދޮރު އިމާރާތްކުރުމަށް ފައިނޭންސް ބޭނުންވާ ފަރާތްތަކަށް އިކުއިޓީގެ ކޮމްޕޯނަންޓް ހަމަޖެއްސުމަށް ސަރުކާރުން ފައިސާ ދޫކުރާނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ކަމަށެވެ. އަދި އަލަށް ތައާރަފްކުރާ މި ސްކީމްގެ ދަށުން ސަރުކާރުން ދޭނީ އިކުއިޓީގެ ގޮތުގައި ބޭނުންވާ ފަސް ޕަސެންޓަށް ވާ ފައިސާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގެއެއް ހެދުމަށް ނުވަތަ އެޕާޓްމަންޓެއް ގަތުމަށް ދޫކުރާ ހައުސިން ލޯނުތަކުގެ އިކުއިޓީގެ ގޮތުގައި ކުރިން 10 ޕަސެންޓް ކަނޑައަޅާފައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ އެ އަދަދު ފަސް ޕަސެންޓަށް ކުޑަކޮށްފައެވެ. މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާމަކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450