Ads by Farudhun

ޚަބަރު

އިންޖިނިއަރިންގ ދާއިރާގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑު އަރުވައިފި

އިންޖިނިއަރިންގ ދާއިރާގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑު އަރުވައިފި

އިންޖިނިއަރިން އެވޯޑު ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އެވޯޑު ދެއްވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2026، 12:21

11 ސެޕްޓެމްބަރު 2026، 12:21

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރި "އިންޖިނިއަރިންގ އެވޯޑު" ދިނުމުގެ ޚާއްޞަ ރަސްމިއްޔާތު މިރޭ ކުލަގަދަކޮށް ބާއްވައިފިއެވެ.

މި ރަސްމިއްޔާތަކީ ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާއި، މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ބޭއްވުނު ރަސްމިއްޔާތެކެވެ. މި އެވޯޑުތައް ޙައްޤުވެރިންނާ ޙަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ހަފްލާގައި އިންޖިނިއަރިންގ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވާ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ތިން ބޭފުޅަކަށް ވަނީ އަރުވާފައެވެ. އެއީ ޢަބްދުއްޝަކޫރު ޞާލިޙްގެ އިތުރުން، މި ދާއިރާއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރުޙޫމް އަޙްމަދު މަހުރީން އަދި އަލްމަރުޙޫމް މުޙައްމަދު ރަޝީދުގެ ހަނދާނަށެވެ.

މި އެވޯޑު ހަފްލާގައި "އިންޖިނިއަރ އޮފް ދަ އިޔަރ" އެވޯޑާއި "އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް" ޙާޞިލުކުރައްވާފައިވަނީ ޑރ. ފުރުޤާން އިބްރާހީމެވެ. މީގެއިތުރުން، އިންޖިނިއަރިންގ ދާއިރާގެ އަންހެނުންގެ ދައުރު ފާހަގަކޮށް ދޭ "ވިމެން އިން އިންޖިނިއަރިންގ އެވޯޑް" އަސްރާރު އަށް ލިބިވަޑައިގެންނެވިއިރު، "ޔަންގް އިންޖިނިއަރ އެވޯޑް" ޙާޞިލުކުރީ މުޙައްމަދު ޒިދާން ޙަސަންއެވެ. އަދި ދަރިވަރުންގެ ފެންވަރުގައި ދެވޭ "ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް" ޙާޞިލުކޮށްފައިވަނީ ޙުސައިން ޖައުޝަންއެވެ.

މި ރަސްމިއްޔާތުގައި ކުންފުނިތަކުން ހިންގާފައިވާ މުހިންމު މަޝްރޫޢުތަކަށްވެސް ވަނީ އެވޯޑު ދީފައެވެ. އެގޮތުން، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އިރުގެ ހަކަތައާއި އެން.އޭ.އެސް ބެޓެރި ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ "ޑީކާބަނައިޒްޑް ސީވޯޓަރ ޑީސެލިނޭޝަން ސިސްޓަމް" ޤާއިމްކުރުމުގެ މަޝްރޫޢަށް ވަނީ "ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް" ލިބިފައެވެ. އަދި އެ ކުންފުނިން ރ. ދުވާފަރުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ "އިންޓެގްރޭޓެޑް ޔުޓިލިޓީ ސާރވިސަސް ޕްރޮޖެކްޓް" އަށް ވަނީ "ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް" ލިބިފައެވެ.

ރާއްޖޭގައި އަލަށް ތަޢާރަފްކުރެވުނު މި އެވޯޑަކީ އިންޖިނިއަރިންގ ދާއިރާ ކުރިއެރުވުމަށާއި، މި ދާއިރާއިން ޒުވާނުންނަށް ހިތްވަރުދީ، ޤައުމީ ތަރައްޤީގައި ފަންނީ މަސައްކަތްތެރިންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450