Ads by Farudhun

ޚަބަރު

މެލޭޝިއާގެ ބޮޑު ވަޒީރު ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަނީ

މެލޭޝިއާގެ ބޮޑު ވަޒީރު ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަނީ

ދިވެހިރާއްޖެ އާއި މެލޭޝިއާ އާއި ދެމެދު ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓު އެކްސްޗޭންޖް ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން - 28 އެޕްރީލް 2025 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2026، 10:53

11 ސެޕްޓެމްބަރު 2026، 10:53

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމް، ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެންބަރު 14 އިން 15 އަށެވެ.

މި ދަޢުވަތު މެލޭޝިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަރުވާފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި މުހިންމު ބައެއް ދާއިރާތަކުން ފަހުމުނާމާތަކެއްގައި (އެމް.އޯ.ޔޫ) ސޮއިކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ މިހާރު 58 އަހަރު ވެފައިވާއިރު، މި ދިގު މާޒީގައި ދެޤައުމުގެ ދެމެދުގައި ވަނީ ވަރަށް ވަރުގަދަ ރަޙްމަތްތެރިކަމުގެ ގުޅުމެއް އުފެދިފައެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން، ޤައުމީ ތަރައްޤީގެ އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450