Ads by Farudhun

ޚަބަރު

ޖާދޫ އަހުމަދު މަނިކު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ޖާދޫ އަހުމަދު މަނިކު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

އަހުމަދު މަނިކު---

farudhun logo

ފަރުދުން

13 ސެޕްޓެމްބަރު 2026، 06:40

13 ސެޕްޓެމްބަރު 2026، 06:40

ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އަހުމަދު މަނިކު (ޖާދޫ އަހުމަދު މަނިކު) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގޭގައި ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ، އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މ.މާކަރީ، އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން މަރްޙޫމްގެ ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށެވެ.



އަދި މަރްހޫމް އަހުމަދު މަނިކުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ވަނީ ދުޢާ ދަންނަވާފައެވެ.

ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި އަޙްމަދު މަނިކަށްވަނީ ދައުލަތަށް ޚިދުމަތްކުރެވުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450