ޚަބަރު
ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު 2 އެއްބަސްވުމެއްގައި ސޮއިކޮށްފި
ދެމެދު މުހިންމު 2 އެއްބަސްވުމެއްގައި ސޮއިކުރުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު 2 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްދިޔައީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޖޯހަރީ ޢަބްދުލް ޤަނީއެވެ.
ދީނީ ގޮތުން ގުޅުން ބަދަހިކުރުމަށް ވެވުނު މިއެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޖޯހަރީ އަބްދުލް ޤަނީއެވެ.
މި ޒިޔާރަތުގެ ތެރެއިން، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވޭނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ދަޢުވަތު ރަސްމީކޮށް އަރުވާފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ޒިޔާރަތެވެ.
His Excellency President Dr @MMuizzu and The Honourable @anwaribrahim, Prime Minister of Malaysia, witness the formal exchange of Memoranda of Understanding (MoU) between the governments of the Maldives and Malaysia on Defence Cooperation and Islamic Affairs.#MaldivesMalaysia pic.twitter.com/AnmXJjsm71
— The President's Office (@presidencymv) September 15, 2026