Ads by Farudhun

ޚަބަރު

ސިޔާސީ ޕާޓީގެ މަސްލަހަތު އަންނާނީ ޤައުމު އިސްކުރުމަށްފަހު: ރައީސުލްޖުމްހޫރިއްޔާ

ސިޔާސީ ޕާޓީގެ މަސްލަހަތު އަންނާނީ ޤައުމު އިސްކުރުމަށްފަހު: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2026، 10:59

15 ސެޕްޓެމްބަރު 2026، 10:59

ސިޔާސީ މަސައްކަތް ކުރުމަކީ ކަމުނުދާ ކަމެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށާއި، އެކަން ބަދަލުކުރެވޭނީ އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ކަންކަން ފުރޮޅެމުން މިއަދާ ހަމައަށް އައިއިރު ޒުވާނުންނަށް ވިސްނިފައި އޮތީ ސިޔާސީ މަސައްކަތަކީ ކަމުދާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށާއި، ސިޔާސީ މަސައްކަތް ކުރަންވާނީ ޒިންމާދާރުކަމާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތް ކުރުމަކީ ކަމުނުދާކަމެއްކަމަށް ޤަބޫލުކުރެވޭކުރުން ބަދަލު ކުރަންޖެހޭ. އެކަން ބަދަލު ކުރެވޭނީ އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެންމެ ފުރަތަމަ ޤައުމު އިސްކުރާނަމަ، ސިޔާސީ މަސައްކަތް ވެގެންދާނީ ރަނގަޅު އަދި ފައިދާހުރި މަސައްކަތަކަށް ކަމަށެވެ. އަދި ކޮންގްރެސް ޕާޓީގެ ސިޔާސަތުތައް ބިނާވެފައިވާ މައިގަނޑު ކަންކަމާއި، އެ ހުރިހާ ކަމެއް ގޮސް ނިމެނީ ޤައުމު އިސްކުރުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ މުޅި ސިޔާސަތު ބިނާވެފައިވާ ތިން ކަމަކީ ހަމަޖެހުމާއި، ރައްކާތެރިކަން އަދި ތަރައްޤީ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އިދިކޮޅުގައި ތިބޭ ފަރާތްތަކަށް ބައެއް ފަހަރު ޤައުމަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރެވޭކަން ފާހަގަކުރައްވައި، އެކަން ބަދަލުކުރެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަސްލަހަތު އަންނަންވާނީ ޤައުމު އިސްކުރުމަށްފަހުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450