Ads by Farudhun

ޚަބަރު

ހޫޠީން މައްކާއަށް ދޭން އުޅުނު ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސުލްޖުމްހޫރިއްޔާ

ހޫޠީން މައްކާއަށް ދޭން އުޅުނު ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސުލްޖުމްހޫރިއްޔާ

މައްކާ---

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2026، 03:51

16 ސެޕްޓެމްބަރު 2026، 03:51

މުސްލިމުންގެ އެންމެ މާތްވެގެންވާ ބިން ކަމުގައިވާ މައްކާއަށް އަމާޒުކޮށް ޔަމަނުގެ ހޫޠީ ހަނގުރާމަވެރިން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްލިމުންގެ އެންމެ މާތްވެގެންވާ މައްކާގެ ރައްކާތެރިކަމާއި ހުރުމަތް ކެނޑޭ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބުނު ވަރަށް ބޮޑު ހިތާމައަކާއި ނުތަނަވަސްކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



މީގެއިތުރުން، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކުގައިކަން ރައީސް ހާމަކުރެއްވިއެވެ. އަދި މާތްވެގެންވާ މައްކާގެ ޙުރުމަތާއި، އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި، ޙައްޖާއި ޢުމުރާގެ އަޅުކަމަށް ގޮސްތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢޫދީގެ ރޯޔަލް އެއަރ ޑިފެންސް ފޯސަސްއިން ވަގުތުން އެޅި ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތަޢުރީފު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ނުރައްކާތެރި ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި މަސްރަޙު އިތުރަށް ގޯސްވިޔަނުދީ، ޞުލްޙަ މަސަލަސްކަމާއި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450