Ads by Farudhun

ޚަބަރު

ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުޢިއްޒުއަށް އަރުވައިފި

ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުޢިއްޒުއަށް އަރުވައިފި

ރިޔާސީ ޓިކެޓު ރައީސް މުޢިއްޒުއަށް އެރުވުން---

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2026، 11:15

18 ސެޕްޓެމްބަރު 2026، 11:15

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ރިޔާސީ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީކޮށް އަރުވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ރައީސް ޑރ. މުޢިއްޒަށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ ބައްދަލުވުމެއްގައި، ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށް ޚާއްޞަ ޤަރާރެއް ފާސްކުރުމާ ގުޅިގެންނެވެ. މި ޤަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 1,119 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް މުޢިއްޒަށް ރިޔާސީ ޓިކެޓް ދެއްވުމަށް ހުށަހެޅި މި ޤަރާރަކީ އެ ޕާޓީގެ އާންމު މެންބަރަކު ހުށަހެޅި ޤަރާރެކެވެ. މި ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމަށް ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތްތައް ރައްޔިތުން ވަނީ ބަލައިގެންފައެވެ. އަދި އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކުގެ ސަބަބުން، ޤައުމުގެ މުސްތަޤުބަލަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުން މުހިންމު ކަމަށް މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒުއާ ހަވާލުކުރެއްވުމާއެކު، 2028 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެމަނިކުފާނުކަން މިވަނީ ކަށަވަރުވެފައެވެ. މީގެއިތުރުން، އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށްޓަކައި އެންމެހާ މަސައްކަތްތަކެއް ކުރުމަށް ޕީއެންސީގެ މަތީ މަޖިލީހުގެ މެންބަރުން ވަނީ އިޤުރާރުވެ، އަޒުމް ކަނޑައަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450