Ads by Farudhun

ޚަބަރު

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ނޭޕާލް---

farudhun logo

ފަރުދުން

20 ސެޕްޓެމްބަރު 2026، 08:33

20 ސެޕްޓެމްބަރު 2026، 08:33

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން މި ދެބޭފުޅުންނަށް ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދުގައި އޮތް ގާތް ގުޅުމަކީ ދެ ޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ޤާއިމްވެފައިވާ ދޭދޭ ގުޅުންތައް އިތުރަށް ފުޅާކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައާއި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މަންސަތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އުންމީދު އެމަނިކުފާނުގެ ސިޓީފުޅުގައި ވަނީ އައުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ ނޭޕާލްގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 20 ސެޕްޓެންބަރު 2015 ގައި އެ ޤައުމުގެ އައު ޤާނޫނުއަސާސީ ރަސްމީކޮށް ތަންފީޒުކުރަން ފެށި ތާރީޚީ ދުވަހާ ގުޅުވައިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450