Ads by Farudhun

ޚަބަރު

ދުބާއީގެ އަމީރުގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ދުބާއީގެ އަމީރުގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ދުބާއީ އަމީރުގެ ކޮއްކޯފުޅު ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް---

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2026، 05:55

21 ސެޕްޓެމްބަރު 2026، 05:55

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ދުބާއީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންގެ މަޤާމުގައި ހުންނެވި ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް ނިޔާވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވި އިރު އުމުރުފުޅަކީ 76 އަހަރެވެ. ނަމަވެސް އެމަނިކުފާނު ނިޔާވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. 

މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމަށާއި، އެމަނިކުފާނުގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައިވެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މާތް ﷲ މައްޔިތާގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ޖަންނަތުލް ފިރުދައުސް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ. އަދި މި ހިތާމައިގެ ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، ޝައިޚް މުޙައްމަދަށާއި އެމަނިކުފާނުގެ ޢާއިލާއަށާއި ޔޫއޭއީގެ އެންމެހައި ރައްޔިތުންނަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދި ދުޢާކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450