Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޤައުމީ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޤައުމީ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޤައުމީ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

24 ސެޕްޓެމްބަރު 2026، 11:16

24 ސެޕްޓެމްބަރު 2026، 11:16

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މުބާރާތުން އެކި ވަނަތައް ހާސިލުކުރި ބައިވެރިންނަށް އިނާމުތައް ހަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ވީހާވެސް ފުޅާކޮށް ފެތުރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ ޚާއްޞަ އިސްކަމުގެ ދަށުން، މި މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް މިހާރު ވަނީ ހައްދަވާދެއްވާފައެވެ. އަދި މި މުބާރާތުގެ ހުރިހާ ޚަރަދެއް މިހާރު ކުރަމުންދަނީ ސީދާ ދައުލަތުގެ ބަޖެޓުންނެވެ.

މި އަހަރުގެ މުބާރާތަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބޮޑު ބަދަލަކީ، ބޭނުން ކޮންމެ މީހަކަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމެވެ. މީގެ ކުރިން މުބާރާތުގައި ބައިވެރިވެވެނީ ވަކިވަކި ސްކޫލްތަކާއި، ޤުރުއާން ކްލާސްތަކާއި، ޖަމްޢިއްޔާތަކުން ކަނޑައަޅާ ވަކި ޢަދަދެއްގެ ބައިވެރިންނަށް ކަމަށްވާތީ، ވާދަކުރަން ބޭނުންވެފައި ތިބޭ ގިނަ ކުދިންނަށް އެ ފުރުޞަތު ގެއްލި، ކުދިން ހޮވުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާތައް މީގެ ކުރިން އޮތީ ފެންމަތިވެފައެވެ. ނަމަވެސް އައު އުސޫލާއެކު އެކަމަށް ވަނީ އެދެވޭ ހައްލެއް ލިބިގެން ގޮސްފައެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލް ބުރުގައި 138 ބައިވެރިން ވާދަކޮށްފައިވާއިރު، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ، ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ އަދި ޙާފިޡުންގެ ގޮފިން 1 ވަނަ ހޯދި ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި މަތީ ވަނަތައް ހާސިލުކުރި ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ހަނދާނީ ފިލައާއި، އެމަނިކުފާނު ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ބޭނުން ދާއިރާއަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ވަނީ އަރުވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި ދީނީ ކަންކަމަށް އެހީވާ ވަޤުފު ފަންޑު ހިމެނޭހެން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ދެއްވާ ފައިސާގެ އިނާމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓަޑުން ދެއްވި ޢުމްރާ ދަތުރާއި ޓްރޮފީވެސް މި ބައިވެރިންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450