Ads by Exprox

ޚަބަރު

ގާފަރު ބަނދަރުގެ ޖާގަ ދެގުނަކޮށް، ޒަމާނީކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ގާފަރު ބަނދަރުގެ ޖާގަ ދެގުނަކޮށް، ޒަމާނީކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ކ.ގާފަރު ބަނދަރު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޑިސެމްބަރު 2024، 01:47

09 ޑިސެމްބަރު 2024، 01:47

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެއަތޮޅު ގާފަރުގެ ބަނދަރު ޒަމާނީކޮށް، ޖާގަ ދެގުނައަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމަށް ވިދާޅުވެފައެވެ. މިކަން ރައީސް ވިދާޅުވެފައިވަނީ ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާފަރަކީ މަސްވެރިރަށެއް ކަމަށާއި، މި ރަށުގެ ބަނދަރަކީ އެހެން ރަށްރަށުގެ މަސްވެރިންވެސް ބޭނުންކުރާ ބަނދަރެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބަނދަރުގެ ޖާގައިގެ ދަތިކަމަކީ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަން ކަމުގައި ވިދާޅުވިއެވެ.

މިހާރު ގާފަރުގައި އޮތް 1000 ފޫޓުގެ ބަނދަރުގެ ޖާގަ ދެގުނަކޮށްދެއްވުމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ގާފަރު ކައުންސިލާއި ކަމާގުޅުންހުރި ވުޒާރާއާ މަޝްވަރާކުރައްވައިގެން ދުރުރާސްތާއަށް ވިސްނައި، ކައުންސިލުން ބޭނުންވާ ޑިޒައިނެއް ހެދުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ. ޑިޒައިން ނިންމުމުން، ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުގައި ހިމަނައިގެން ގާފަރު ބަނދަރަށް އިސްކަންދެއްވައި، އަންނަ އަހަރު ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވަނީ ގާފަރުގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމާއި، ސްކޫލްގެ ޖާގަ އިތުރުކުރުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. މި މަސައްކަތްތައްވެސް އަންނަ އަހަރު ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގާފަރުގެ އައިސްޕްލާންޓްގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރަކީ ރާއްޖޭގެ އެކި ރަށްރަށުގައި ވަރަށް ގިނަ މަޝްރޫޢުތައް ޢަމަލީގޮތުން ހިނގާނެ އަހަރެކެވެ. އަދި ކުޅިވަރާއި ކުނި މެނޭޖުކުރުން ހިމެނޭހެން އެހެން ދާއިރާތަކުންވެސް ސަމާލުކަންދީގެން މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS