Ads by Farudhun

ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދަތުރުފުޅުން ފައިދާހުރި ގިނަ ކަންތައްތަކެއް ނިމިގެންދިޔަ: ރައީސް

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދަތުރުފުޅުން ފައިދާހުރި ގިނަ ކަންތައްތަކެއް ނިމިގެންދިޔަ: ރައީސް

ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 ސެޕްޓެމްބަރު 2026، 10:02

26 ސެޕްޓެމްބަރު 2026، 10:02

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ދިވެހީންނަށް ފައިދާހުރި ގިނަ ކަންތައްތަކެއް ނިންމިގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހީންގެ ބޮޑު އާބާދީއެއް މިހާރު ދިރިއުޅެނީ މެލޭޝިޔާގައިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، 2700 އެއްހާ ކުދިން އެ ޤައުމުގައި ތައުލީމު ހާސިލުކުރާކަމާއި،  ޖުމްލަ 6،000 އެއްހައި ދިވެހިން އެ ގައުމުގައި ދިރިއުޅޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއީ ދިވެހީންނަށް ވަރަށް ހާއްސަ ޤައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

މެލޭޝިޔާގެ ބޮޑު ވަޒީރު ވަނީ އެ މީހުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކުގެ ހައްލު ހޯދައިދޭނެކަން ފާހަގަކުރައްވާފައި ކަމަށާއި، އެގޭ ތެރޭގައި ކިޔެވުމަށްދާ ކުދިންނަށް މުހިންމު ބައެއް ކަންތައްތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ރައީސް ވަނީ، ޑޮކްޓަރުކަން ކިޔަވަންދާ ކުދިންނަށް އިންޓަރންޝިޕްގެ ކަންކަން ހަމަޖައްސައިދިނުން ފާހަގަކުރައްވާފައެވެ. 

"ޖުމްލަކޮށް ވަރަށް ގިނަ ކަންކަން ނިންމިގެން ދިޔަ، ދިވެހި އާބާދީއަށް ފަސޭހަވާނެ ގޮތަށް. އެގޮތަށް ކަންކަން ފަހިކޮށްދެއްވާނެ އިރާދަކުރެއްވިއްޔާ"

ރައީސް ވިދާޅުވިއެވެ.


އަދި ހަމައެއާއެކު، އެ ގައުމުން ރާއްޖަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަތަކުގައި އެހީތެރިކަންދެއްވުމަށް 100 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ މަޝްވަރާތައް ވަރަށް ހަލުވި ދުވެލީގައި ދެ ގައުމުގެ ސެންޓްރަލް ބޭންކުގެ ދެމެދުގައި ހިނގާކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އިގްތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ރާއްޖޭގެ އިންވެސްޓަރުން މެލޭޝިޔާގައި އިންވެސްޓުކޮށް، މެލޭޝިޔާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރުމަށް މަގުފަހި ވާނެ ކަހަލަ މާހައުލެއް ހަމަޖެއްސުމަށް، ދެ ގައުމުގެ މެދުގައި ޕްރިފްރެންޝަލް ޓްރޭޑް އެއްބަސްވުމެއް ގާއިމުކުރުމުގެ ވާހަކަތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، ރާއްޖޭގެ ކަނޑުގައި އިގުތިސާދަށް ފައިދާވާފަދަ ކަމެއް އޮތްކަން ހޯދުމުގެ މަސައްކަތްތަކެއް ފައްޓަވަން އެހީތެރިކަންދެއްވަން ގަސްތުކުރައްވާނެ ކަމުގައި މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވިކަން ފާހަގަކުރައްވާފައެވެ.

"ދެ ޤައުމުގެ ދެމެދުގަ އޮތް ގުޅުން ވަރަށް ވަރުގަދަ. އިރާދަކުރެއްވިއްޔާ މި ދަތުރާއެކީގަ އިތުރަށް ވަރުގަދަވެގެން ގޮސްފަ މި ވަނީ. އެހެންވީމަ އެއީ ވަރަށް ކާމިޔާބު ދަތުރެއް."  

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450