ޚަބަރު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން---
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ހާމަކުރައްވާފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށްވާތީ، މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްޞީލެއް އެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް އަމިއްލަފުޅު ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.