ޚަބަރު
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާ އީޖާދުތައް ބޭނުންކުރުން މުހިންމު: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު.
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާ އީޖާދުތައް ބޭނުންކުރުން މުހިންމު ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަޤްބޫލު މަންޒިލަކަށް ހެދުމަށް މަސައްކަތްކުރި ފަރާތްތަކަށާއި މުޖުތަމަޢުތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
On #WorldTourismDay, we applaud the people, communities and our partners in the industry, who have made the Maldives a leading global destination.
— Dr Mohamed Muizzu (@MMuizzu) September 27, 2026
Tourism remains a driving force behind our nation's development and global connections. As digital technologies and AI transform… pic.twitter.com/iVHpuLTNg2
ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައިގަނޑު ބާރަކީ އަދިވެސް ފަތުރުވެރިކަން ކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މި ސިނާއަތަށް ބަދަލުތަކެއް އަންނަމުންދާތީ، އެ ބަދަލުތަކަށް ހޭނި، އައު އީޖާދުތަކާއެކު ކުރިއަރައި އިސްނަގައިގެން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންގެ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި އައު އީޖާދުތައް ބަލައިގަނެ، ހުނަރުތައް އިތުރުކުރުމަށް އިންވެސްޓްކުރުމަށާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ރާއްޖެއިން އިސްކަންދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ، ޑިޖިޓަލް ޒަމާނުގެ ފުރުސަތުތަކުގެ ބޭނުން ހިފުމާއެކު، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޚާއްޞަ ވަކިވަކިވަންތަކަމާއި އަދި ރާއްޖެއަށް ޚާއްޞަ ހިތްހެޔޮ މެހެމާންދާރީ ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.