Ads by Farudhun

ޚަބަރު

ބަންގާޅު ކަނޑުގައި ތޫފާނެއް، ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށް: މެޓް

ބަންގާޅު ކަނޑުގައި ތޫފާނެއް، ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށް: މެޓް

ބަންގާޅު ކަނޑުގައި ތޫފާނެއް އުފެދުން. ފޮޓޯ: މެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2026، 03:59

26 އޮކްޓޯބަރު 2026، 03:59

ބަންގާޅު ކަނޑުގެ (ބޭ އޮފް ބެންގާލް) އިރުމަތީ މެދުތެރެއާއި ހުޅަނގު މެދުތެރޭގައި ތޫފާނެއް އުފެދިފައިވާ ކަމަށާއި، ނަމަވެސް އެ ތޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. ބަންގާޅު ކަނޑުގައި އުފެދިފައިވާ މި ތޫފާނަށް ދީފައިވާ ނަމަކީ "އަރްނަބް" އެވެ.

މެޓް އޮފީހުގެ ޑިއުޓީ ފޯކާސްޓަރާ ހަވާލާދީ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ތޫފާން ދަތުރުކުރަމުންދަނީ އިންޑިއާއާ ދިމާލަށެވެ. އެހެންކަމުން ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރި ނަމަވެސް، އޭގެ ނުސީދާ އަސަރު ރާއްޖެއަށް ފޯރާނެއެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ސީދާ މި ތޫފާނާ ގުޅިގެން ކުރާ ވިއްސާރައެއް ނޫން ކަމަށްވެސް މެޓުން ވަނީ ހާމަކުރައްވާފައެވެ.

މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަކުރަމުންދަނީ ހުޅަނގު މޫސުމުގެ ސަބަބުން ކަމަށާއި، އޭގެ އިތުރުން އިންޑިއާގެ ޓެމިލްނާޑޫ އަދި ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ކޮޅިގަނޑުތަކުގެ އަސަރުވެސް ރާއްޖެއަށް ކުރަމުންދާ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. ލަންކާ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އެ ޤައުމަށްވެސް ބޯކޮށް ވާރޭވެހި، މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް އަންގާރަ ދުވަހުން ފެށިގެން މޫސުން އިތުރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450