Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޞިއްޙީ ދުޅަހެޔޮކަމަށް ޚާއްޞަ އެކްސްޕޯ އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޞިއްޙީ ދުޅަހެޔޮކަމަށް ޚާއްޞަ އެކްސްޕޯ އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހެލްތު އެކްސްޕޯ އިފްތިތާހުކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

05 ނޮވެމްބަރު 2026، 06:26

05 ނޮވެމްބަރު 2026، 06:26

ޞިއްޙީ ދުޅަހެޔޮކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މައުރަޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިއަދު ހަވީރު، އެކަމަށްޓަކައި ޚާއްޞަކޮށް ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދަޢުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދާނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން 7 ގެ ނިޔަލަށެވެ. މައުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

މި މައުރަޒަކީ ޞިއްޙީ ދާއިރާގެ ޞައްޙަ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އިންތިޒާމުކޮށްފައިވާ މައުރަޒެކެވެ.

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން މި މައުރަޒުގައި ބައިވެރިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތުވެސް މި މައުރަޒުގެ ތެރެއިން ޢާންމުންނަށް ލިބިގެންދާނެއެވެ.

މި މައުރަޒަކީ ކުޑަކުދިންނާއި ދޮށީ ޢުމުރުގެ މީހުން ހިމެނޭހެން، ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހިލޭ، ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450