Ads by Farudhun

ޚަބަރު

ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ ވިޔަސް، ގާނޫނު ތަންފީޒުކުރުމުގައި އެންމެންގެ މެދުގައި ހަމަހަމަކަން އޮންނަންޖެހޭ: ރައީސް

ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ ވިޔަސް، ގާނޫނު ތަންފީޒުކުރުމުގައި އެންމެންގެ މެދުގައި ހަމަހަމަކަން އޮންނަންޖެހޭ: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ނޮވެމްބަރު 2026، 02:10

09 ނޮވެމްބަރު 2026، 02:10

 ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ ބޭފުޅަކާ ދެކޮޅަށް ވިޔަސް ގާނޫނު ތަންފީޒުކުރުމުގައި އެންމެންގެ މެދުގައި ހަމަހަމަކަން އޮންނަންޖެހޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާ މެދު ކުރެވޭ ތުހުމަތުތަކަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ޝާހިދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ވަނީ ޖަހައިފައެވެ. ކްރިމިނަލް ކޯޓުން މިފަދަ ދިގު މުއްދަތެއްގެ ބަންދެއް ދެނީ ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން އެކަށީގެންވާ ހެކި ހުށަހަޅާފައިވުމާއި މައްސަލައިގެ ސީރިއަސްކަމަށް ބަލައިގެންނެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެއްޖެ ނަމަ، 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށާއި، އަދި އެއީ މިހާތަނަށް ވެސް ސަރުކާރުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް ނުދޭނަން އަދަބެއް. އެއީ މި ގައުމުގައި އަޅުގަނޑު ނިމުމަކަށް ގެނައި ކަމެއް." 

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުށުގެ ތުހުމަތު ކުރެވޭ މީހަކީ ކޮންމެ ފަރާތަކަށް ވިޔަސް ގާނޫނުގައި ތަފާތުކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒު ކުރުމުގައި ކުށުގެ ތުހުމަތުވާ މީހާއަށް ގާނޫނީ އިމުގެ ތެރެއިން ލިބެންޖެހޭ ހުރިހާ ހައްގުތަކާއި ޑިއު ޕްރޮސެސްގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ގާނޫނުގެ ވެރިކަމާއި، ގާނޫނުއަސާސީ ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ ރާއްޖޭގައި ކަށަވަރުވެފައި އޮންނަންޖެހޭ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވިފައިވާއިރު، ޝާހިދު ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަން ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450