Ads by Farudhun

ޚަބަރު

އިދިކޮޅު ފަރާތްތަކުން އުޅެނީ ޚިޔާލީ ދުނިޔެއެއްގައި: ރައީސް

އިދިކޮޅު ފަރާތްތަކުން އުޅެނީ ޚިޔާލީ ދުނިޔެއެއްގައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

09 ނޮވެމްބަރު 2026، 03:40

09 ނޮވެމްބަރު 2026، 03:40

އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅެނީ ހަގީގަތާ ދުރު ޚިޔާލީ ދުނިޔެއެއްގައި ކަމަށާއި، އެ ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިދިކޮޅުގައި ތިއްބެވި ސިޔާސީ ފަރާތްތަކުން ބޭނުންވަނީ ސިޔާސީ ގޮތުން ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ މެދުގައި ހިތްނުތަނަވަސްކަމާއި ފިތުނަ އުފެއްދުމަށް ކަމަށެވެ. އަދި ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި، އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ވާހަކަތައް ދެއްކުން އެ ފަރާތްތަކަށް މިހާރު އާދައަކަށް ވެފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން މިހާރު ދައްކަމުންދާ ވާހަކަތަކަކީ ވެސް އެފަދަ ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

"އަސާސެއްނެތް ހިޔާލީ ވާހަކަތަކެއް ސިޔާސީ ބޭނުމެއްގައި ދައްކަމުންދާކަން އެއީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަންކަމަކީ" ރައީސް

 ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު މުހިންމު ބިލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބިލުތަކުގައި ރައްޔިތުންގެ ހައްގުތަކާއި، ދިވެހި ދައުލަތުގެ މިނިވަންކަމާއި، އިސްތިގުލާލާއި، ސިޔާދަތީ ބާރު ފުރިހަމައަށް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ކަންކަން ބައްޓަން ކުރެވިފައިވާ އުސޫލުތަކަށް އެ ބިލުތަކުގައި ވަރަށް ސާފުކޮށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެ ބިލުތަކާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ ދިއުމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި އެފަދަ ރިފަރެންޑަމެއް ހިންގަންޖެހޭ ފަދަ ކަމެއް ނޫން ކަމަށެވެ.

ރައީސް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މި މުހިންމު ކަންކަން ކަނޑައަޅާފައިވަނީ ހަމައެކަނި ގަވާއިދެއްގައެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި، މި ހުރިހާ ވާހަކަތަކެއް ސީދާ ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. ގާނޫނުގައި މި ވާހަކަތައް ކުރުކޮށް ލިޔުމަށްފަހު ފަސޭހައިން ބަދަލުކުރެވޭ ގޮތަށް ގަވާއިދެއް ހަދާލުމަކީ ވަރަށް ފަސޭހަކަމެއް ކަމުގައި ވިޔަސް، ސަރުކާރުން އެގޮތް ބޭނުންނުވީ ދިވެހި ރައްޔިތުންގެ ހައްގުތަކަށާއި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭން ބޭނުންވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ހަމައެކަނި މަގުސޫދަކީ ދިވެހިން ބޭނުންވާ ގޮތަށް ކަންކަން ތަރުތީބުކޮށްދިނުން ކަމަށާއި، މި ގާނޫނުތަކުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ވެސް ދިވެހިންގެ އެންމެހައި ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރެވިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450