Ads by Farudhun

ޚަބަރު

ޝާހިދުގެ މައްޗަށް ކުރެވެނީ ސީރިއަސް ތުހުމަތުތަކެއް، އެއީ ސިޔާސީ ކަމެއް ނޫން: ރައީސް

ޝާހިދުގެ މައްޗަށް ކުރެވެނީ ސީރިއަސް ތުހުމަތުތަކެއް، އެއީ ސިޔާސީ ކަމެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

09 ނޮވެމްބަރު 2026، 04:02

09 ނޮވެމްބަރު 2026، 04:02

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް ކުރެވިފައިވަނީ ނުހަނު ސީރިއަސް ތުހުމަތުތަކެއް ކަމަށާއި، މި މައްސަލައިގައި އެއްވެސް ސިޔާސީ މަގުސޫދެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އެއްވެސް ސިޔާސީ ބޭފުޅަކަށް ބަދަލުހިފުމުގެ ގޮތުން ނުވަތަ ސިޔާސީ ބޭނުމަކަށްޓަކައި އަދަބު ދިނުމާއި ހައްޔަރުކުރުމުގެ އަމަލުތައް ނުހިންގާނެ ކަމަށެވެ.

"ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް ނުދޭނަން އަދަބެއް. އެއީ މި ގައުމުގައި އަޅުގަނޑު ނިމުމަކަށް ގެނައި ކަމެއް." ސިޔާސީ ދައުވާ ކުރުމާއި ސިޔާސީ ބަދަލު ހިފުން ނިމުމަކަށް ގެންނެވުމުގެ ވައުދާއެކުގައި ނޮވެމްބަރު 17، 2023 ގައި ވެރިކަމަށް ވަޑައިގެންނެވީ"

ރައީސް ވިދާޅުވިއެވެ.

 ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިފަދަ ސިޔާސީ ބަދަލުހިފުންތައް ނިމުމަކަށް ގެންނަވާފައިވާ ކަމަށް ވިދާޅުވަމުން އެމަނިކުފާނު ހާމަކުރެއްވީ، މިއީ ކުޑަކުއްޖެއްގެ ހައްގުތަކާ ގުޅިފައިވާ މައްސަލައަކަށް ވުމުން، ތުހުމަތު ކުރެވޭ ފަރާތަކީ ކޮންމެ މީހަކަށް ވިޔަސް ގާނޫނުގެ ކުރިމަތީގައި ތަފާތުކުރުމެއް ނޯންނާނެ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން މައްސަލަ ކުރިއަށް ގެންދިއުމަށް (ޑިއު ޕްރޮސެސް) ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި، ގާނޫނުއަސާސީގެ ވެރިކަމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ. އާންމުކޮށް މިފަދަ ދިގު މުއްދަތެއް ބަންދަށް ދެނީ ފުލުހުންގެ ފަރާތުން އެކަށީގެންވާ ހެކި ހުށަހެޅިފައިވުމާއި މައްސަލައިގެ ނާޒުކު ކަމަށް ބަލައިފައެވެ. އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މި ތުހުމަތު ޝަރީއަތަށް ސާބިތުވެއްޖެނަމަ، 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮވެއެވެ.

"އެހެންވީމަ މިކަމުގައި އޮފެންޑާއަކީ ކޮންމެ މީހަކަށް ވިޔަސް، އެމީހަކާ ދޭތެރޭގައި ގާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ. ގާނޫނު ތަންފީޒު ކުރުމުގައި އެކަން ކުރި ކަމަށް ބެލެވޭ މީހާއާ ދޭތެރޭގައި ޑިއު ޕްރޮސެސް ފޮލޯ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ސަރުކާރުން. ޑިއު ޕްރޮސެސް ފޮލޯ ކުރަން ޖެހޭނެ. ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް ކުރަން ޖެހޭ ކަންކަމަށް މި ސަރުކާރުން ހުރަހެއް ނާޅާނެ."

ރައީސް ވިދާޅުވިއެވެ.

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޢަބްދުﷲ ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޖުލައި 1983 ގައި އާދައިގެ މުވައްޒަފެއްގެ ގޮތުގައި ޚާރިޖީ ދާއިރާއާ ގުޅިވަޑައިގެންނެވި ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައި، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. މި ބޮޑު ތުހުމަތާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިރު، ޝާހިދު ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450