Ads by Ministry of Arts, Culture and Heritage

ޚަބަރު

ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް ގާނޫނުއަސާސީއަށް ވަރުގަދަ ބަދަލުތަކެއް ގެނެސްދީފިން: ރައީސް

ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް ގާނޫނުއަސާސީއަށް ވަރުގަދަ ބަދަލުތަކެއް ގެނެސްދީފިން: ރައީސް

ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 ނޮވެމްބަރު 2026، 07:56

18 ނޮވެމްބަރު 2026، 07:56

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަންނާން އޮތް ޖީލުތަކަށް ދާއިމަށް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން، ގާނޫނުއަސާސީއަށް ވަރުގަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އިތުރުކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބޮޑު ސަރަހައްދު ބެލެހެއްޓުމަށް ޓަކައި އެމްއެންޑީއެފްގެ ގާބިލުކަން މިހާރު ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ޔޫއޭވީ ޑްރޯންތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، ކޯސްޓްގާޑުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އިތުރުން، ބޭރުގެ އަސްކަރިއްޔާތަކަށް ރާއްޖޭގައި ތިބެވޭނެ ހާލަތްތަކާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެނައި މުހިންމު އިސްލާހުތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ގެނައި ބަދަލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުރީގައި އޮންނަ ގޮތުން ވިއްޔާ އަސްކަރީ ބޭސްއެއް، މަރުކަޒެއް ހަދަންޏާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެޖޯރިޓީއެއް ހޯދަންޖެހޭނީ. އެހެންނަމަވެސް، އަޅުގަނޑުމެން ބަދަލުކުރީ ހަމައެކަނި އަސްކަރީ ބޭސްއެއް ނޫނޭ. އެންމެ އަސްކަރީ ސިފައިންގެ މީހެއްވެސް މި ރާއްޖޭގައި ހަރަކާތްތެރިވަންޏާ ހަރަކާތްތެރިވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވޯޓުން ފާސްކޮށްގެން ކަމަށް. އެއީވެސް އަޅުގަނޑުމެން ގެނައި ބަދަލެއް،" 

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގައި މި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ވަރަށް އިޚްލާޞްތެރި އަދި ތެދުވެރި ނިޔަތަކާއި އެކު ރާއްޖޭގެ މިނިވަންކަން ދާއިމަށް ކަށަވަރުކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450