Ads by Farudhun

ޚަބަރު

ގައުމަށް ފައިދާހުރި އަދި އިހުލާސްތެރި ނިންމުމެއް ނަމަ، ފަސްޖެހުމެއް ނެތި އެކަމެއް ކުރާނަން: ރައީސް މުޢިއްޒު

ގައުމަށް ފައިދާހުރި އަދި އިހުލާސްތެރި ނިންމުމެއް ނަމަ، ފަސްޖެހުމެއް ނެތި އެކަމެއް ކުރާނަން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ނޮވެމްބަރު 2026، 09:36

18 ނޮވެމްބަރު 2026، 09:36

ގައުމަށް ފައިދާހުރި އަދި އިހުލާސްތެރި ނިންމުމެއް ނަމަ، ފަސްޖެހުމެއް ނެތި އެކަމެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 އެމަނިކުފާނު ވިދާޅުވީ އާންމުންގެ މެދުގައި ކިތަންމެ މަގުބޫލު ނޫން ކަމެއް ކަމުގައި ވިޔަސް، ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ނިންމާ ބައެއް ނިންމުންތަކަކީ ވަގުތީ ގޮތުން އާންމުންގެ މެދުގައި އެހާ މަގުބޫލު ނޫން ނިންމުންތަކެއް ކަމުގައި ވިޔަސް، އެއީ އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ނިންމަވާ ނިންމެވުންތަކެއް ކަމަށެވެ. އެގޮތުން ވޭޕް މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ގެންގުޅުއްވާ 'ޖެނެރޭޝަނަލް ބޭން' ފަދަ ސިޔާސަތުތައް އެމަނިކުފާނު މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިސްރާއީލްގެ ޕާސްޕޯޓް މަނާކުރަން ނިންމެވި ނިންމެވުމާއި ގުޅިގެން، ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެ ނިންމެވުން ނިންމެވީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން ތަންފީޒުކުރަމުންދާ މިފަދަ ހަރުދަނާ ސިޔާސަތުތައް ބޭރުގެ ބޮޑެތި ގައުމުތަކުންވެސް މިހާރު ތަންފީޒުކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަންޕޮޕިއުލާ ވިޔަސް ގައުމަށް ފައިދާހުރި ކަމެއް ވެއްޖެއްޔާ، އެއީ ކިތަންމެ އަންޕޮޕިއުލާ ކަމެއް ވިޔަސް، ގައުމަށް އިހުލާސްތެރިކަމާއެކު އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ ކަމެއް ކުރާނަން،"

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ގައުމުގެ ހައްގުގައި އެމަނިކުފާނު ނިންމަވާ ނިންމެވުންތަކަކީ ސިޔާސީ ގޮތުން ކުރިމަތިވެދާނެ ފާޑުކިޔުންތަކާއި ލޭބަލްތަކަށް ބެއްލެވުމެއް ނެތި ނިންމަވާ ނިންމެވުންތަކެއް ކަމަށެވެ. އަދި މިފަދަ ނިންމެވުންތަކުގެ ސަބަބުން، އެމަނިކުފާނަކީ ތަފާތު ސިޔާސީ ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަމުންދާ ކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ކ

ކަބބަލުން

18/11/2026 10:12

ގައުމޭ ރައްޔެތުންނޭ ކިޔާފަ އަމިއްލަ ފައިދާއަށް ހުރިހާކަމެއް ކުރާނީ ތިހާލޯބިވާނަމަ މިހާޅުގަ އުޅޭކަށް ނުޖެހޭނެ.