Ads by Farudhun

ޚަބަރު

ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ހޯދައިދިނުމަށް ރާއްޖެއިން ވަކާލާތުކުރާނެ: ރައީސް

ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ހޯދައިދިނުމަށް ރާއްޖެއިން ވަކާލާތުކުރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ނޮވެމްބަރު 2026، 09:11

29 ނޮވެމްބަރު 2026، 09:11

ފަލަސްޠީނަކީ އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށާއި، އެ ޖަމްޢިއްޔާގެ ހުރިހާ ގުނަންތަކެއްގައި ފަލަސްޠީނަށް ފުރިހަމަ ބައިވެރިވުމާއި ހަމަހަމަ ޙައްޤުތައް ހޯދައިދިނުމަށް ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމުގައި ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސުލްޙައާއި މިނިވަންކަން ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. 

އަދި އެ ގައުމުގެ ރައްޔިތުން މެދުކެނޑުމެއްނެތި ތަޙައްމަލުކުރަމުންދާ ވޭންތަކަށް ނިމުމެއް ގެނައުމަށް ޓަކައި، ޔަހޫދީން ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

މީގެއިތުރުން، ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމާއި، އދ. ގެ ރިލީފް އެންޑް ވާކްސް އެޖެންސީ (އުންރުވާ) އަށް އެއްބާރުލުން ދިނުން ހިމެނޭހެން، ފަލަސްޠީނުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދްސަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން ދައުލަތެއް ފަލަސްޠީނުގައި ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ.



ފަލަސްޠީނާއެކު އޮތް އެއްބައިވަންތަކަން ހަމައެކަނި ބަސްތަކަކުން ހާމަކޮށްގެން ނުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި އިންސާފު ކަށަވަރުވެ، އެމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤު ލިބެންޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ފަލަސްޠީނުގެ މިނިވަންކަމަށާއި އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރުމަކީ އެންމެ އިސް އެއް އަސާސެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ޙައްޤުގައި އެންމެ ވަރުގަދައަށް އަޑުއުފުލާ އެއް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން އަންނަނީ އަބަދުވެސް ވަކާލާތުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450