Ads by Exprox

ޚަބަރު

ރައީސް މުޢިއްޒު ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނަށާއި ބޮޑު ވަޒީރަށް ފޮނުއްވައިފި

ރައީސް މުޢިއްޒު ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނަށާއި ބޮޑު ވަޒީރަށް ފޮނުއްވައިފި

ބޫޓާން އާއި ރާެއްޖ|ޭގެ ދިދަ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2024، 06:40

17 ޑިސެމްބަރު 2024، 06:40

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނަށާއި ބޮޑު ވަޒީރަށް ފޮނުއްވައިފިއެވެ. 

ބޫޓާންގެ ރަސްގެފާނު ޖިގްމޭ ޚޭސާރު ނަމްގްޔެލް ވަންގްޗުކް އާއި ބޫޓާންގެ ބޮޑުވަޒީރު ޓްޝެރިންގް ޓޮބްގޭ އަށް ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވެވީ ރަސްގެފާނާއި ބޮޑުވަޒީރަށް ވަކިވަކިން  ފޮނުއްވި ސިޓީތަކުގައެވެ.

ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިން ވަކިން ފޮނުއްވި ސިޓީތަކުގައިި ރައީސް މުޢިއްޒު ވަނީ މި އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހޫނު މަރުޙަބާއާއި ް ތަހުނިޔާ ބޫޓާންގެ ރަސްގެފާނަށާއި، ބޮޑުވަޒީރަށާއި، ސަރުކާރަށާއި އަދި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސިޓީފުޅުގައިވަނީ ރަސްގެފާނާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގަތުމުގެ އިތުރުން ބޫޓާންގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ބޫޓާންގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއިން ބޫޓާނާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.

ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރައްވައި ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

 

 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS