Ads by Exprox

ޚަބަރު

ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގަންނަވަނީ!

ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގަންނަވަނީ!

ރައީސް ޑރ މުޢިއްޒު އަދި އިންޑިޔާގެ ބޮޑުވަޒީރު މޯދީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2024، 07:29

10 ސެޕްޓެމްބަރު 2024، 07:29

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވަނީ މިކަން މީޑީއާގައި ހިއްސާކުރަަަައްވައިފައެވެ. 

ހީނާ ވިދާޅުވީ ވަރަށް އަވަހަށް ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުފުޅަށް އެންމެ ރަނގަޅު ތާރީޚަކީ ކޮބައި ކަމާ މެދު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ހީނާ ދެއްވައިފައެއްނުވެއެވެ. 

ރައީސް މުޢިއްޒު މީގެކުރިން ވެސް އިންޑިއާއަށް ވަޑައިގެންފައިވެއެވެ. އެއީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco