Ads by Exprox

ޚަބަރު

ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ޗައިނާގެ ރެސްކިއު ޓީމުތަކުން ކުރިޔަށް ގެންދަނީ، ފޮޓޯ: ޒިންހުއާ

farudhun logo

ފަރުދުން

08 ޖެނުއަރީ 2025، 08:57

08 ޖެނުއަރީ 2025، 08:57

ހުލާސާ

އަންގާރަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 9:05 ހާއިރު ޗައިނާއަށް އައި މި ބިން ހެލުމާ ގުޅިގެން އެ ގައުމުގެ 120 އަށް ވުރެން ގިނަ މީހުން މަރުވުމުގެ އިތުރުން 188 މީހަކަށް ވަނީ އަނިޔާވެފައި.

ޗައިނާގެ ސީޒާންގ ޕްރޮވިންސަށް އައި ބިންހެލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު،  ޗައިނާގެ ރައީސް ޝީ ޖިންގޕިންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެ ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

އަދި މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ކާމިޔާބަށް އެދިވަޑައިގެންފައިވެއެވެ. 

އަންގާރަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 9:05 ހާއިރު ޗައިނާއަށް އައި މި ބިން ހެލުމާ ގުޅިގެން އެ ގައުމުގެ 120 އަށް ވުރެން ގިނަ މީހުން މަރުވުމުގެ އިތުރުން 188 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި ޗައިނާ ސެންޓްރަލް ޓީވީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބިން ހެލުން އައި ސަރަހައްދުގެ 3600 ގެއެއް ވަނީ ހަލާކުވެގެން ގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco