Ads by Exprox

ޚަބަރު

ކަނޑުހުޅުދޫގައި އަންނަ އަހަރު ބިން ހިއްކުމުގެ މަޝްރޫޢެއް ފެށޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ކަނޑުހުޅުދޫގައި އަންނަ އަހަރު ބިން ހިއްކުމުގެ މަޝްރޫޢެއް ފެށޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖެނުއަރީ 2025، 03:59

08 ޖެނުއަރީ 2025، 03:59

ގއ. ކަނޑުހުޅުދޫގައި އަންނަ އަހަރު ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކަނޑުހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ކަނޑުހުޅުދޫއަށް ސަރުކާރުން ކޮށްދެއްވާނެ އެކި ކަންކަން އިޢުލާންކުރައްވާފައެވެ. އޭގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ސްކޫލް ހޯލުގެ މަސައްކަތް ނިންމުމާއި ޖާގަ އިތުރުކުރުން ހިމެނެއެވެ.

ބިން އިތުރުކޮށްގެން އިތުރަށް ހައުސިން ޔުނިޓްވެސް އެޅޭނީ. މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ޤަބޫލެއް ނުކުރެވޭ. އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދާނެ. ހިއްކާ ނިމުނީމަ އަންނަ އަހަރު ނޫނީ ޖެހިގެން އަންނަ އަހަރު ރޯ ހައުސް މަޝްރޫޢެއް ކުރިއަށްގެންދެވޭނެ

ރައީސް މުޢިއްޒު 

މީގެ އިތުރުން، ރައީސް ވަނީ ކަނޑުހުޅުދޫގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ޚިދުމަތްދޭ ތަނަކަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، ފުޓްސަލް ދަނޑުގައި ފެންސްޖެހުމާއި ފުޓްބޯޅަ ދަނޑު އެތްލެޓިކްސްއަށް ބޭނުންކުރެވޭގޮތަށް ބަދަލުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.


                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS