Ads by Exprox

ޚަބަރު

ލުބުނާނުގެ އާ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ

ލުބުނާނުގެ އާ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ

ހިޒް އެކްސެލެންސީ އައުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޖެނުއަރީ 2025، 10:10

10 ޖެނުއަރީ 2025، 10:10

ހުލާސާ

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ބިނާވެގެންވަނީ އިސްލާމީ ވަޙުދަތުގެ ތެރޭގައިކަން ރައިސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައި.

 ލުބާނުގެ އާ ރައީސަކަށް ހޮވުނު ޖޯސެފް އައުންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ބިނާވެގެންވަނީ އިސްލާމީ ވަޙުދަތުގެ ތެރޭގައިކަން ފާހަގަކުރައްވާ، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

ރައިސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ލުބުނާނުގައި އަމަން އަމާންކަން ޤާއިމްވެ، ޤައުމު ކުރިޔަށް ދިއުމަށް އެދޭކަން ހާމަކުރައްވަމުންނެވެ.

ލުބުނާނުގެ އާރމީ ޗީފްގެ މަޤާމުގައި ހުންނެވި އައުން، އެ ޤަމުގައި އޮންނަ ސެކްޓޭރިއަން ޕަވަރ-ޝޭރިން ސިސްޓަމްގެ ތެރެއިން ރައީސަކަށް ހޮވީ، ޤާނޫނު ހަދާ މަޖިލީހުގެ ވޯޓަކުންނެވެ. މި ވޯޓުގެ ކުރިން އައުން ވަނީ އެ ޤައުމުގައި އޮތް މައި ސިޔާސީ ޕާޓީތަކުގެ އިތުރުން، އެމެރިކާ، ފްރާންސް އަދި ސައުދީ އެރެބިއާގެ ތާޢީދު ހޯއްދަވާފައެވެ. 

ލުބުނާނުގެ އާ ރައީސެއް ހޮވިއިރު، އެ ޤައުމުގެ ރައީސްގެ މަޤާމު ހުސްވެފައި އޮންނަތާ ދެ އަހަރަށް ވުރެން ގިނަ ދުވަސް ވެއްޖެއެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco