Ads by Exprox

ޚަބަރު

ޗައިނާގެ ފޮރިން މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާގެ ފޮރިން މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޖެނުއަރީ 2025، 10:09

10 ޖެނުއަރީ 2025، 10:09

ހުލާސާ

މި ބައްދަލުކުރެއްވުމުގައި ރައީސުލްހުމްހޫރިއްޔާ ވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގަމުން ގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމާލުމުގެ މުހިންމުކަމަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފަ.

ޗައިނާގެ ފޮރިން މިނިސްޓަރ، ވަންގް ޔީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނަށް ޒިޔާރަތްކުރެއްވިތީ ވަންގް ޔީއަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި އެ ޤައުމުން އޮތަތީ، އެކަމަށް ވަރަށް އިޙްލާސްތެރި ޝުކުރެއް ވެސް ވަނީ އަދާކޮށްފައެވެ. 

އަދި، މިދިޔަ އަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވެވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އެއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުސަތެއްކަން ވަނީ ފާހަގަކުރައްވަވާފައެވެ.

މީގެ އިތުރުން، ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގަމުން ގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމާލުމުގެ މުހިންމުކަމަށް އަލިއަޅުވާލާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި މަގު ހެދުމުގެ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންގެ އަވަސް ބޭނުންތަކާ ގުޅިފައިވާ މަސައްކަތްތަކެއްކަން ވެސް ފާހަގަކުރެއްވެވިއެވެ. 

ހަމައެއާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް މި ސަރުކާރުން ބޭނުންވާ މިންވަރު ހާމަކޮށްފައިވެއެވެ. އެގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ޗައިނާއަށް ވެދެއްވޭނެ އެހީތެރިކަމަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. 

މި ބައްދަލު ކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއަޔަތުކަން ފާހަގަކޮށް އެކަމަށް ޝުކުރުދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ޗައިނާގެ އިތުބާރުހުރި ބައިވެރިއެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ ތަރައްޤީ ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ހިއްވަރު ދެއްވާފައިވެއެވެ.

މީގެ އިތުރުން، ޗައިނާގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރައްވާނެކަމުގެ ޔަޤީން ވެސް ވަނީ ދެއްވާފައެވެ. 

އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުން ސާބިތުކޮށްދެނީ، ކިތަންމެ ބޮޑު ޤައުމަކުން ވެސް ކުޑަ ޤައުމަކާ ރަގަޅު ގުޅުމެއް ބޭއްވޭނެ ކަމަށާ، އަދި މިއީ މިފަދަ ގުޅުމަކުން ވެސް ދެ ޤައުމަށް ފައިދާކުރާނެ ކަންތައްތައް ހާސިލްކުރެވޭނެކަން ދައްކުވައިދޭ ލާމަސީލް ނަމޫނާއެއް ކަމަށް ވަންގް ޔީ ވަނީ ވިދާޅުވެފައެވެ.

ވަންގް ޔީ އަކީ، ޗައިނާގެ ފޮރިން މިނިސްޓަރުގެ އިތުރުން، އެ ޤައުމުގެ ޕޮލިޓިކަލް ބިއުރޯ އޮފް ސީފީސީ ސެންޓްރަލް ކޮމެޓީގެ މެމްބަރެކެވެ. އަދި އޭނާއަކީ ޑިރެކްޓަރ އޮފް ދަ އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ މަޤާމުގައި ހުންނެވި ބޭފުޅާ ވެސް މެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco