Ads by Exprox

ޚަބަރު

ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރު ދިފާޢުކުރުމަށްޓަކައި ކުދި ޤައުމުތައް އެއްބައިވާން ޖެހޭ: އެސްޓޯނިއާގެ ރައީސް

ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރު ދިފާޢުކުރުމަށްޓަކައި ކުދި ޤައުމުތައް އެއްބައިވާން ޖެހޭ: އެސްޓޯނިއާގެ ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2025، 05:09

14 ޖެނުއަރީ 2025، 05:09

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް އެސްޓޯނިއާގެ ރައީސް އަލާރ ކާރިސް މަރުޚަބާ ދަންނަވައިފިއެވެ.

އެސްޓޯނިއާގެ ރައީސް އަލާރ ކާރިސް އެކްސް  ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ތާރީޚީ ޒިޔާރަތުގައި އެސްޓޯނިއާއިން ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި  މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް އައު އީޖާދުތަކާއި އަދި ސައިބަރ ދާއިރާގެ ސަލާމަތްތެރިކަމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެސްޓޯނިއާ ސަރުކާރުން ތައްޔާރަށް ތިއްބެވިކަންވަނީ ހާމަކުރައްވާފައެވެ. 


މީގެއިތުރުން، ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރު ދިފާޢުކުރުމަށްޓަކައި ކުދި ޤައުމުތައް އެއްބައިވާން ޖެހޭކަމަށް އެސްޓޯނިއާގެ ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި މިކަމަށް ދިވެހިރާއްޖެއިން ދެއްވާ އެއްބާރުލެއްވުން ވަރަށް ބޮޑަށް އަގުވަޒަންކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS