Ads by Exprox

ޚަބަރު

އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް، ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައިފި

އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް، ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރެއްވުން ފޮޓޯ: ޕްރެޒިޑެންޓްސް އޮފީސް

15 ޖެނުއަރީ 2025، 09:52

އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ، އެ ޤައުމުގެ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް، ރާއީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރާތްކުރަށްވައިފިއެވެ. 

އެސްޓޯނިއާ ބްރީފިންގ ސެންޓަރުގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަރޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރ، ޔޯނަސް ވަންޓޯ،  އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުން، ރައީސުލްޖުމްހޫރިއްޔާއަށް މަރުޚަބާ ދަންނަވާފައިވެއެވެ. 

މި ޒިޔާރާތުގައި، އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް، ރައީސުލްޖުމްހޫއްރިއްޔާއަށާއި ދިވެހި ވަފުދަށް ވަނީ ހުށައަޅާދީފައެވެ. ހަމައެހެންމެ، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކާއި، ޑިޖިޓަލް އައިޑީ،  އީ-ރެސިޑެންސީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށް ބޭނުންކުރުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތައް ވެސް، ޕްރެޒެންޓޭޝަނެއްގެ ޒަރިއްޔާއިން ހުށައަޅައިދީފައިވެއެވެ. 

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންފައިވެއެވެ. އަދި ރާއްޖޭގެ ފަންނީ މާހިރުންގެ ވަފުދެއް ވެސް މި ދަތުރުގައި ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco