Ads by Exprox

ޚަބަރު

މުޅި ރާއްޖެއަށް މިއަދުވެސް މޫސުން ގޯސް، ސަމާލުވޭ! : މެޓް އޮފީސް

މުޅި ރާއްޖެއަށް މިއަދުވެސް މޫސުން ގޯސް، ސަމާލުވޭ! : މެޓް އޮފީސް

މޫސުން ގޯސް ދުވަހެއްގެ ފޮޓޯ: ދަ ޕްރެސް

15 ޖެނުއަރީ 2025، 11:16

މިއަދުވެސް މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާލުވެއްޖެ. އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، އެހެން ހިސާބުތަކަށް ވެސް، ގުގުރުމާއި، ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓްއޮފީހުން ވިދާޅުވެފައިވެއެވެ. 

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ރާއްޖޭގެ ކަނޑުތައް ވެސް، ގަދަވުން އެކަށީގެންވާކަމަށް އެ އޮފީހުން މަޢުލޫމާތު ދެއްވައެވެ. 

ވޭތުވެދިޔަ 24 ގަޑިއިރުގެ މުސުމީ ޙާލަތަށް ނަޒަރު ހިންގާލުމުން، ރާއްޖޭގެ ގިނަ ރަށްތަކަށް ވާރޭވެހިފައިވާއިރު، އދ. މާމިގިލިއަށް 61 މިލިމީޓަރުގެ ވާރޭ އަދި ވ. ރަކީދޫ އަށް 54 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައިކަން ފާހަގަކޮށްލެވެއެވެ. 

ރާއްޖެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ވިއްސާރަ ވިލާ އުފެދެމުން ދަނީ، ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑުގެ ރާއްޖެއާއި ގާތަށް ޖެހެމުންދާތީކަމަށް މެޓުން ވިދާޅުވެއެވެ.

ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކަމާއި ގުޅޭ އިދާރާތަކުންދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ޚާއްސަ ޓާސްކް ފޯހެއް ވަނީ އުފައްދަވާފައެވެ. މި ޓާސްކް ފޯހުގައި ހިމެނެނީ އެމްއެންޑީއެފްއާއި، ފުލުހުންގެ އިތުރުން އެންޑީއެމްއޭއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco