Ads by Exprox

ޚަބަރު

ތ.އަތޮޅުން ގދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ތ.އަތޮޅުން ގދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެފައިވާ މަންޒަރެއް/ ފޮޓޯ: ސަން އޮންލައިން

18 ޖެނުއަރީ 2025، 02:22

މޫސުން ގޯސްވުމާ ގުޅިގެން ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. 

މި ސަރަހަށްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 9:30 އިން މެންދުރު 13:30 އާ ހަމައަށެވެ. 



މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވަނީ، ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަވެ، ކަނޑުތައްވެސް ގަދަވާނެކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތިން އުފެދުނު ސާކިއުލޭޝަން ގެ ބާރު ދަށްވެ، އަދިވެސް ޓްރަފް ދަމަހައްޓަތީ ކުރާ ވިއްސާރައެއް ކަމަށާއި، މި ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ އަންގާރަ ދުވަހު ކަމަށް މޫސުމާ ބެހޭޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco