Ads by Exprox

ޚަބަރު

ދުނިޔޭގެ ހަމަޖެހުމަށްޓަކައި ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ތަޙުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދުނިޔޭގެ ހަމަޖެހުމަށްޓަކައި ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ތަޙުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެމެރިކާގެ އައު ރައީސް ޑޮނާލްޑް ޓްރަމްޕް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޖެނުއަރީ 2025، 07:40

21 ޖެނުއަރީ 2025، 07:40

ހުލާސާ

ސަރަޙައްދީ ހަމަޖެހުމަށް އެމެރިކާގެ ސަރުކާރާ ގުޅިގެން ކުރެވެމުން އަންނަ މަސައްކަތާއިމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވޭ.

ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް، އެމެރިކާގެ 47ވަނަ ރައީސްގެ މަޤާމަށް ހުވާކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ފޮނުއްވި ތަޙުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި، ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، ސަރަޙައްދީ ސުލްޙަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަަކައި، އެމެރިކާގެ ސަރުކާރާ ގުޅިގެން ކުރެވެމުން އަންނަ މަސައްކަތާއިމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރުކަމުން، ޒަމާންވީ މި ގުޅުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގާތްކަން ކަމަށެވެ. އަދި މިއީ ކާމިޔާބެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވެވިއެވެ. 

ވިޔަފާރިއާއި އިޤުތިޞާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި. 

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ދެ ޤައުމުގެ ގުޅުމަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވިދާޅުވިކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ރައީސް ޓްރަމްޕްގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، އެ މަނިކުފާނަށް ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco