Ads by Exprox

ޚަބަރު

ތިމާވެއްޓާއި ރަށްޓެހި ގޮތްތަކުން ކަރަންޓު އުފެއްދުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ތިމާވެއްޓާއި ރަށްޓެހި ގޮތްތަކުން ކަރަންޓު އުފެއްދުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކެނަރީފް ރިސޯޓުގައި ސޯލާ ހަރުކުރުން/ފޮޓޯ: ވިޒިޓް މޯލްޑިވްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ޖެނުއަރީ 2025، 03:48

26 ޖެނުއަރީ 2025، 03:48

ހުލާސާ

މިހާރު ވަނީ ޖުމްލަ 70 މެގަވޮޓް  އިތުރުކޮށްފައި

ތިމާވެއްޓާއި ރަށްޓެހި ގޮތްތަކުން ކަރަންޓު އުފެއްދުމަކީ، ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް ކްލީން އެނަރޖީ" ދުވަހާއި  ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ ނިސްބަތް %33 އިތުރުކުރުމަކީ، އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އަދި، މި އަމާޒާއި ހަމައަށް ދިޔުމަށް ރާއްޖެއިން 450  މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ޤާއިމުކުރަންޖެހެއެވެ. ރައީސް ވިދާޅުވީ، ތިމާވެއްޓާއި ރަށްޓެހި ގޮތްތަކުން ކަރަންޓު އުފެއްދުމަށް ދިވެހިރާއްޖެއިން ކުރައްވަމުން އަންނަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ. 

ރައީސުލްޖުމްހުރިއްޔާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގައި ޤާއިމްކޮށްފައިވަނީ ޖުމްލަ 53 މެގަވޮޓް ގެ އިއާދަކުރަނިވި ހަކަތައެވެ. ނަމަވެސް، މި މިންވަރު އިތުރުކޮށް، ރާއްޖޭގައި ބޭނުންކުރާ  ހަކަތައިގެ މިންވަރުން 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލު ކުރެއްވުމަކީ އެމަނިކުފާނުގެ މުހިންމު ވަޢުދުފުޅެކެވެ. އެހެންކަމުން، ސަރުކާރަށް 1 އަހަރު ވީ އިރު، މިހާރު ވަނީ ޖުމްލަ 70 މެގަވޮޓް  އިތުރުކޮށްފައެވެ.

އިއާދަކުރަނިވި ހަކަތަ ޤާއިމުކުރުމަށް ރާއްޖެއން ކުރަމުން އަންނަ މަސައްކަތްތައް އަންނަނީ ބައިންލްއަޤްވާމީ އެކިއެކި ޕްލެޓްފޯރމްތަކުގައި ހިއްސާ ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައިވެސް ވަނީ، އިއާދަކުރަނިވި ހަކަތަ ޤާއިމުކުރުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.  

މި ލިޔުން ކިޔާލުމުން

Ads by Stelco