ޚަބަރު
އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މުރައިދޫގައި އަޅުއްވައިދެއްވައިފި
މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވުން ފޮޓޯ: ޕްރެޒިޑެންސީ އެމްވީ އެކްސް
ހއ. މުރައިދޫގައި އަލަށް ބިނާކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި، މުރައިދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވެއެވެ.
މިރަސްމިއްޔާތުގައި މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
President Dr @MMuizzu attends the groundbreaking ceremony for the Police Station on Muraidhoo Island, North Thiladhunmathi Atoll. This is part of the Administration’s commitment to decentralising services and ensuring the safety of citizens nationwide. pic.twitter.com/R6WFtCRVG0
— The President's Office (@presidencymv) January 28, 2025
ޑރ. މުޙައްމަދު މުޢިއްޒު، މިމަހުގެ 21 އިން 23އަށް ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މާކުރަތާއި އިންނަމާދޫގައި ޤާއިމްކުރާ ޕޮލިސް އިމާރާތުގެ ބިންގާ ވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ އަޅުއްވައިދެއްވާފައެވެ. މިއީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.