Ads by Exprox

ޚަބަރު

ޤައުމީ ބޮޑު މަޝްރޫޢެއްގެ ސިފައިގައި، މި އަހަރާއި އަންނަ އަހަރު އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ނިންމަވައިފި

ޤައުމީ ބޮޑު މަޝްރޫޢެއްގެ ސިފައިގައި، މި އަހަރާއި އަންނަ އަހަރު އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ހއ. އުތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ޖެނުއަރީ 2025، 08:58

29 ޖެނުއަރީ 2025، 08:58

ހުލާސާ

މި މަޝްރޫޢުގެ ދަށުން ކުރިޔަށްދާނީ ޤައުމީ ތަރިކަ ހިމާޔަތްކުރުމުގެ މަސައްކަތް.

މީގެ ކުރިން އެއްވެސް ސަރުކާރަކުން ސަމާލުކަން ދެއްވާފައިނުވާ މިންވަރަށް ސަމާލުކަން ދެއްވައިގެން، މި އަހަރާއި މިއަންނަ އަހަރު ހއ. އުތީމުގައި ޤައުމީ ދުވަސް ފަހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަފައިވިއެވެ.

އެ މަނިކުފާނު މިކަން އިޢުލާންކުރެއްވީ، ހއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އުތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުތީމަކީ ދިވެހި ތާރީޙުގެ މުހިންމު ރަށެއް ކަމަށާއި، ޤައުމީ އައިޑެންޓިޓީއާ ގުޅޭ ގިނަ ކަންތައްތަކެއް އެ ރަށުގައި ހިމެނިގެންވާކަމަށެވެ. އެގޮތުން އުތީމު ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ފެންނަން ހުރިއިރު، އެ ފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ތަރިކަ ރައްކާތެރިކުރެއްވުމަށް އެ މަނިކުފާނު ކުރައްވަން ގަސްތުކުރެއްވި އެ މަސައްކަތްޕުޅަކީ، ހުރިހާ ރައްޔިތުންގެ ޙައްޤުގައި ކުރައްވަން ނިންމެވިކަމެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ދެ އަހަރުގެ މަޝްރޫޢެއްގެ ގޮތުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ނިންމާފައިވާއިރު އޭގެ ނަތީޖާއަކަށް ވާނީ، ޤައުމީ ފިކުރު ދިރުވުމުގައި އުތީމުގެ ތަރިކަ މުހިންމު ދައުރެއް އަދާކުރުން ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންނަށް ފިކުރީގޮތެއްގައި، މި ޤައުމީ ވިސްނުން، އަޅުގަނޑުމެންގެ ޤައުމުގައި ފެތުރުމުގައި، މި ރަށުން އަދާކުރެވޭނެ ފުރިހަމަ ދައުރު އަދާކުރުމުގެ މަގު ފަހިކޮށްދިނުން. އެކަމަށް އޮންނަ، ކޮށޭ މަގެއްގެ ގޮތުގައި، ކެޓަލިސްޓެއް ގޮތުގައި، މި ދެ އަހަރު، ޖެހިޖެހިގެން ދެ އަހަރު، ޤައުމީ ދުވަސް މިތާ ފާހަގަކުރަން މި ނިންމި ނިންމުމާ އެކީގައި، ކަންތައްތައް ފަހިވެގެންދާނެ ގޮތަށް ގެންދިޔުން. އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންނަށް ފިކުރީގޮތެއްގައި، މި ޤައުމީ ވިސްނުން، އަޅުގަނޑުމެންގެ ޤައުމުގައި ފެތުރުމުގައި، މި ރަށުން އަދާކުރެވޭނެ ފުރިހަމަ ދައުރު އަދާކުރުމުގެ މަގު ފަހިކޮށްދިނުން. އެކަމަށް އޮންނަ، ކޮށޭ މަގެއްގެ ގޮތުގައި، ކެޓަލިސްޓެއް ގޮތުގައި، މި ދެ އަހަރު، ޖެހިޖެހިގެން ދެ އަހަރު، ޤައުމީ ދުވަސް މިތާ ފާހަގަކުރަން މި ނިންމި ނިންމުމާ އެކީގައި، ކަންތައްތައް ފަހިވެގެންދާނެ ގޮތަށް ގެންދިޔުން.

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެ މަނިކުފާނު ވިދާޅުވީ، ގަނޑުވަރު ހިމާޔަތްކުރުމަށް ސަމާލުކަންދޭންޖެހޭ ކިތަންމެ ކުޑަކަމެއް ވިޔަސް، އެ ކަމަކަށް އިސްކަން ދެއްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާނެ ކަމަށެވެ. 

ހަމައެއާއެކު، ޤައުމިއްޔަތު ހިމާޔަތް ކުރެއްވުމަށް ދެ އަހަރުގެ މަޝްރޫޢެއް އެ ރަށުގައި ކުރިޔަށް ގެންދިއުމަށް ނިންމެވި ނިންމެވުމަށް ބާރުދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހއ. އުތީމަކީ ދިވެހި ޤައުމިއްޔަތު އިޔާދަކޮށް، ކުރިއަށް އަންނާން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދިނުމުގައި މުހިންމު ރަށެއްކަމުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco