ޚަބަރު
ދިއްދޫގައި ރަސްމީކޮށް އައިޑީކާރޑު ޕްރިންޓުކޮށް، ދޫކުރުމުގެ ޚިދުމަތް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕްރެޒިޑެންސީ އެމްވީ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހއ. ދިއްދޫގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
President Dr @MMuizzu meets with the residents of Dhihdhoo, North Thiladhunmathi Atoll. Speaking with the residents of Dhihdhoo, the President reaffirmed his unwavering commitment to fulfilling all his promises. pic.twitter.com/FVcbxeVveQ
— The President's Office (@presidencymv) January 28, 2025
President Dr @MMuizzu attends the inauguration ceremony for the printing and issuance of National Identity Cards on Dhihdhoo Island, North Thiladhunmathi Atoll.
— The President's Office (@presidencymv) January 28, 2025
This expansion of essential service delivery to the outer atolls represents a significant milestone in achieving the… pic.twitter.com/bg4XMFoScb
މި ރަސްމިއްޔާތުގައި މި ޚިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ.
ސަރުކާރުން ފާހަގަކުރައްވާފައިވާ ގޮތުގައި ދިއްދޫއަކީ ހއ އަތޮޅުގެ ވެރިކަންކުރާ ރަށަށްވެފައި، އެކިބޭނުންތަކުގައި އަތޮޅުގެ އެތައްބަޔަކު އަރާ ފައިބާ ރަށެއްކަމުން، އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނާ ގާތުން ލިބޭނެ މަގުފަހިވެގެން ދިޔުމުން، ދިއްދޫ އާއި އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުން ހިމެނެއެވެ.
ދިއްދޫގައި ރަސްމީކޮށް އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން މާޅޮސްމަޑުލު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރ. އަތޮޅުގައި ވެސް ރަސްމީކޮށް ފަށްޓަވާދެއްވާފައިވެއެވެ.
މި ސިޔާސަތުގެ ދަށުން މާލެސިޓީގެ ހުރިހާ ސަރަޙައްދަކާއި، ލާމު އަތޮޅާއި، ދާލު އަތޮޅަށް ޚިދުމަތްތައް ފުޅާކުރެވިފައިވެއެވެ. މިގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފައްޓަވާފައެވެ.
މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން، ހދ އަތޮޅަށް ވެސް މިހާރު މި ޚިދުމަތް މިވަނީ ފުޅާކޮށްފައެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓު މިދިޔަ ނޮވެމްބަރ މަހު ސަރުކާރުން ވަނީ އާންމުކުރައްވާފައެވެ. މި މަގުޗާޓުގައިވާގޮތުން މި އަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައި ވެސް ކަނޑައެޅޭ ވަކިސަރަޙައްދުތަކުގައި މި ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެއެވެ.